"ލާދީނީ މުޖުރިމުންނަށް" ފިޔަވަޅު ނާޅާތީ ކަންބޮޑުވަން: ޝައިޚް އަބްދުﷲ

ލާދީނީ މުޖުރިމުންނަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި ތިމާމެންގެ ދީނަށްޓަކައި ޣީރަތްތެރިވެ ނުރުހުން ފާޅުކުރާ މީހުން ހާޒިރުކޮށް އެމީހުންނަށް ދުއްތުރާ ކުރުމީ ކަންބޮޑުވާކަމަށް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖަމްއިއްޔަތުލް ސަލަފްގެ ރައީސްކަންވެސް ކުރައްވާ ޝައިޚް އިބްރާހިމް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ޝައިޚް ވިދާޅުވީ އިސްލާމްދީނަށާއި މުސްލިމުންނަށް ފާޅުގައި ހަޖޫޖަހަމުންގެންދާ ލާދީނީ މުޖުރިމުންނަށް ފިޔަވަޅުއެޅުމުގެ ބަދަލުގައި އިސްލާމްދީނަށްޓަކައި ޣީރަތްތެރިވެ ނުރުހުން ފާޅުކުރާ މީހުން ހާޒިރުކޮށް އެމީހުންނަށް ދުއްތުރާ ކުރުމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށްކަމަށެވެ.
އޭނާ މިހެން ވިދާޅުވިއިރު، ފަހަަކަށް އައިސް ދީނީ ކަންކަމުގައި ސޯޝަލް މީޑިޔާގައި ދެ ފަރާތަށްވެސް ވާހަކަ ދައްކާ ފަރާތްތައް ދަނީ ފުލުހަށް ހާޒިރުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ