އައްޑޫގެ އާބާދީ 60،000 އަށްވުރެ ގިނަވާނެ، އަމިއްލަ ބޭންކްއެއްވެސް ހަދަން ޖެހޭ - ނަޝީދު

އައްޑޫ ސިޓީގައިމި ފަސް އަހަރު ނިމޭއިރު 60،000 މީހުންނަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ  އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.
ވިދާޅުވީ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވި، އެ އެއާޕޯޓަށް ބޭރުގެ ގިނަ ފްލައިޓު ޖެއްސޭނެ ގޮތް ހޯދި އަދި އައްޑޫ ސިޓީގައި 5000 ގެސްޓުހައުސް އެނދު ބިނާކުރެވި، އުފެދޭ އިގްތިސާދާއި އަދި ވަޒީފާތަކުގެ ތެރެއިން އައްޑޫގައި 60،000 މީހުންނަށް ވުރެ ގިނަ މީހުން މި ފަސް އަހަރު ނިމޭއިރު ދިރިއުޅޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ނިމޭއިރު އައްޑޫ ސިޓީގައި އިރާދަކުރެއްވިއްޔާ 60،000 ވުރެ ގިނަ މީހުން ދިރިއުޅޭނެ" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އައްޑޫގެ ހުރިހާ ރަށެއްގައި ވެސް ވަޒީފާގެ ފުރުސަތުތަށް މަދު ކަމަށާއި މިކަން ހައްލުވާނީ ގެސްޓް ހައުސް ވިޔަފާރި އެތަނަށް އައުމުން ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މިކަންކަން އައްޑު ތަރައްޤީކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒުކުރަން ފެށުން ކަމަށެވެ މިގޮތުން ކައުންސިލްތަކަށް ތަރައްޤީޤެ މަޝްރޫޢުތައް ހިންގޭނެ ގޮތް ހަދައިދެން ޖެހޭ ކަމަށާއި ކައުންސިލްތައް އެކަމަށް ތައްޔާރު ކަމަށާއި މެދު ޝައްކު ނުކުރައްވާކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ބޭރުގެ ގައުމުތަކުންނާއި އެހެން މާލީ އިދާރާތަކުން ދެމުން އަންނަ ލޯނުގެ އެހީ އައްޑޫ ސިޓީ ކައުންސިލަށް ލިބޭނެ އިންތިޒާމު ވެސް ހަމަޖެހެންޖެހޭ ކަމަށާއި އެގޮތުން އައްޑޫ ބޭންކު އުފެދެންޖެހޭކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މާލީ އިދާރީ މިނިވަންކަމާއި އެކަންކަން ހިންގުމުގެ އިހުތިޔާރު ފިނޭންސް މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ހޯދައި ދޭންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ރާއްޖެއިން ބޭރަށް އަމިއްލަ ފުޅަށް އަރުވާލެވިގެން ހުންމަށްފަހު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގަތް އަތޮޅަކީ އައްޑޫކަން ފާހަގަކޮށްލެވެއެވެ. އެދަތުރުފުޅުގައި ރައީސް ނަޝީދުވަނީ އައްޑުއަށް އެމަނިކުފާނު ދަރާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ