ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފި
ރިޕޯޓް ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ. މިކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ކަސްޓަމްސް އިން ބުނެފައިވަނީ ކަސްޓަމްސްއަށް ރިޕޯޓް ނުކޮށް ބޭރަށް ފައިސާ ގެންދަން އުޅޭކަމުގެ ޚަބަރު އެ މުއައްސަސާއަށް ލިބިފައިވާތީ އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައި އެފަރާތްތައް ޗެކު ކުރުމުން އެކި ޤައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ އެފަރާތްތަކުގެ އަތުން ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.ކަސްޓަމްސްއިން ހާމަކުރާގޮތުގައި އެ މަޢުލޫމާތު ލިބިގެން ސުވާލުކޮށް ތަޙުގީގު ކުރުމުން ފައިސާ ފެނިފައިވަނީ އިންޑިއާގެ 3 މީހުންގެ އަތުން ކަމަށެވެ. އަދި އެ ފަރާތްތަކުގެ އަތުން ނެގުނު ފައިސާ މިހާރު ފުލުހުންނާއި ހަވާލު ކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ. ކަސްޓަމްސް އިން ވަނީ ބޭރަށް ފައިސާ ގެންދާ ކަމުގައި ވާނަމަ ޤަވާއިދާ އެއްގޮތައް އެ މުއައްސަސާއަށް އެކަން ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ރިޕޯޓް ނުކޮށް ފައިސާ ގެންދާކަމުގެ މަޢުލޫމާތު ލިބުނުކަމުގައިވާނަމަ ވީހާވެސް އަވަަހަށް ކަސްޓަމްސްއަށް އެކަން ރިޕޯޓް ކޮށްދިނުމަށްވެސް އެ މުއައްސަސާއިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ