ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައިކޯޓަށް ހާޒިރުކޮށްފިއެވެ.
މިއަދު 10:15 އަށް ފާރިސް ހައިކޯޓަށް ހާޒިރުކުރީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އިސްތިއުނާފު އަޑުއެހުމަށެވެ.
ކްރިމިނަލް ކޯޓުން ފާރިސަށް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ.
ޝަޚްސު އޮޅުވާލުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން، އެ ޕާޓީގެ ނަމުގައި ނިއުސް ކޮންފަރެންސެއްދީފައިވާ ކަމަށް ބުނެއެވެ.
ފާރިސް މައުމޫން ހައިކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ