ކުރީގެ ރައީސް މައުމޫން އާއި ފާރިޝް , އަލީހަމީދު ގެ އިތުރުން 9 ސިޔާސީ ފަރާތެއް ކޯޓަށް ހާޒިރުކޮށްފި

ކުރީގެ ރައީސް މައުމޫން , ފާރިޝް މައުމޫން އަދި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ސީޕީ އަރީފްގެ އިތުރުން ޖުމްލަ 9 ސިޔާސީ ފަރާތެއް ޖަލުން މާލެ ގެނެސް ކްރިމިނަލް ކޯޓަށް ދާދި ދެންމެއަކު ވައްދައިފިއެވެ.
ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން މާލެ ގެނައުމަށް ހަމަޖެހިފައިވާތީ ޖަލުގައި ތިބި ސިޔާސީ ފަރާތްތަކުގެ އާއިލާ އާއި ސަޕޯޓަރުން ވަނީ އެސަރަހައްދު ފުރާލާފައެވެ.
އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެއްމެ ފުރަތަމަ ދުވަހު ފުއްދަވާނެ ކަމަށް ވިދާޅުވެފައިވާ ވައުދަކީ ސިޔާސީ ކުށްވެރިން ޖަލުން މިނިވަން ކުރުންކަަމަށް ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓަށް މިހާރު ހާޒިރުކޮށްފައިވަނީ ކުރިގެ ރައީސް މައުމޫނާއި , ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫނާއި ފަނޑިޔާރު އަލީ ހަމީދު އަދި މެމްބަރ ސިނާން ގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ކޯޓަށް ހާޒިރުކޮށްފައިވެއެވެ. މި ހުރިހާ ބޭފުޅުންނަކީ ވެސް ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަންކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި ބޭފުޅުންނެެވެ.
ކުރީގެ ރައީސް މައުމޫނާއި ދަނބިދަރިކަލުން ނަދީމް ވެސް ވަނީ ކޯޓަށް ހާޒިރުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ. މިހުރިހާ ބޭފުޅުންގެ ބަންދާމެދު މިރޭ ގޮތެއް ނިންމާނެއެވެ. އެސަރަހައްދުގައި ފުލުހުންވެސް ދަނީ އާއްމުންނަށް އެއްބާރުލުންދީ ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ