ރާއްޖެއަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް ވައިޓް އެލާޓް މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.
އެގޮތުން ވައިޖެހޭނީ އުތުރުގެެ އަތޮޅުތުކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރިމިނުގައި ކަމަށާއި އެހެންހިސާބުތަކަށް ހުުޅަނގުދެކުނާއި ހުޅަގުން ގަޑިއަކު 05 މޭލާ 51 މޭލާ ދެމެދުގެބާރުމިނުގައިކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ލަފާކުރެވޭކަމުގައި އެއިދާރާއިން މައުލޫމާތުދެއްވައެވެ.
އޭގެ އިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ވޭތުވެދިޔަ ދެދުވަހުވެސް އެއިދާރާއިން ވަނީ އެލާޓު ނެރެފައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މުޅިރާއްޖެއަށް ވައިޓް އެލާޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ