އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރެއްވި ޓްވީޓް، ރީޓްވީޓް ކުރެއްވީ އޭނާ އެ ޓްވީޓްގައި ދައްކާފައިވާ ވާހަކަތައް ރަނގަޅު ވީމަ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޚިޔާލުތަފާތުވުންތަކުގައި، ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަލްހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޝަރީއަތުން ނިންމާފައިވާ ކަންކަން، ހަވަރު އެއްކޮށްގެން ޝަރީއަތުން ބޭރުގައި ނިންމެން ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުމުން ގާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ނަޝީދު ވެސް ކަންކަން ނިންމަން ޖެހޭނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީނަށް ތާއީދު ކުރައްވައި ވަރަށް ބޮޑަށް ވާހަކަ ދައްކަވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި އަލްހާން ވަނީ، އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމާ އެކު އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ
އަލްހާން އެހެން ވިދާޅުވީ ޓްވީޓް ކުރެއްވީ އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގަ ކަމަށާއި އެމަނިކުފާނު ހައްޔަރެއް ނުކުރެވޭނެ ކަމަށް އެމްޑީޕީއިން ބުނެފައިވަނިކޮށެވެ. އެމްޑީޕީއިން ވަނީ އެ ދުވަހު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް މާލެއަށް މީހުން އެއްވުމަށް ގޮވާލާފަ އެވެ. އަދި ކުލަގަދަ ހަރަކާތްތަކެއް ވެސް އަންނަނީ ރާވަމުން އެވެ.
ނަޝީދުގެ ދިފާއުގައި ސަޕޯޓަރުން ގާސިމާ ދެކޮޅަށް ތެދުވުމުން އޭނާ ވަނީ އަލްހާންގެ ޓުވީޓް ރީޓުވީޓް ކުރެއްވުނު ގޮތް ސާފުކޮށްދެއްވައިފަ އެވެ. ގާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަލްހާންގެ ޓްވީޓް، ރީޓްވީޓް ކުރީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކަތަކެއް ކަމަށްވާތީ ކަމަށެވެ.
ގާސީމް އާއި ދެކޮޅަށް ޓްވީޓެއް ގާސިމް ރީޓްވީޓް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ