ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަދަކަމުން ބަދަލުކޮށް ޢާންމު ރައްޔިތުން ބަނޑަށް ޖައްސަން ނޫޅުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވީ 23 ސެޕްޓެމްބަރުގެ އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީނު ޤަބޫލުފުޅުކުރައްވައި އަދި މުޅި ދުނިޔެވެސް ބަލައިގަނެ ނިމުނު ފަހުން އިންތިޚާބުގެ ނަތީޖާ ގަދަކަމުން
ކޯޓަށް ވަޑައިގަތުމުން ރާއްޖެ އާއިމެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު މިހާރުވެސް ވަނީ އެމެރިކާއިން ދީފައި ކަމަށެވެ.
މާރިޔާ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވާނީ ދައުލަތުގެ ފައިސާ ބޭނުންކުރައްވައި އެމަނިކުފާނުގެ ބޭނުންފުޅުތައް ފުރިހަމަކުރައްވަމުން ކަމަށާއި ހުރިހާ ދަތިކަމެއް އިޙްޞާޞްކުރަންޖެހޭނީ ރައްޔިތުންނަށް ކަމަށެވެ. ހައިހޫނުކަން އިޙްޞާޞްކުރަން ޖެހޭނީ ވެސް ރައްޔިތުންނަށް ކަމަށެވެ.
މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އޮތް މައްސަލައަކަށް ވެގެން އުޅެނީ ރައްޔިތުން ރައީސް ޔާމީނަށް އިތުރު ދައުރެއް ދޭން ބޭނުން ނުވުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ގިނަ ބައަކު ރައީސް ޔާމީނަށް ވޯޓު ނުދިނުމަކީ ޤައުމު އިޤްޠޞާދީ އަނދަވަޅަކަށް ވައްޓާލައި ރައްޔިތުން ބަނޑަށް ޖައްސުވަން ޖެހެންވީ ސަބަބެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ޢާންމު ރައްޔިތުން ބަނޑަށް ޖައްސަން ނޫޅުމަށް އިންތިޚާބީ ރައީސް އިލްތިމާސް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ