އަލްހާން ފަހްމީ މިއަދު ކުރެއްވި ޓުވީޓެއް ރީޓުވީޓު ކުރެއްވި މައްސަލަ ޓުވިޓަރ ގައި ބޮޑުވެފަައި ވަނިކޮށް އެކަން ދިފާޢު ކުރައްވައި ގާސިމް އިބްރާހީމް ޓުވީޓު ކުރައްވައިފިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނޮވެންބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި މިހާތަނަށް ރާއްޖެއިން މީހަކަށް ކިޔާ އެންމެ ހޫނު މަރުޙަބާ އެމަނިކުފާނަށް ކިޔާނެ ކަަމަށް އެމްޑީޕީ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމާއި ގުޅުވައިގެން އަލްހާން ފަހްމީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ! ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް! އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން!" ކަމަށެވެ.
I like to make it very clear to all concerned that I do not have anything personal with former President @MohamedNasheedHe is a friend & our former President. With all due respect to him, I am saying he should also follow the #DueProcess
— Alhan Fahmy (@AlhanFahmy) October 10, 2018
ގާސިމު މި ޓުވީޓު ކުރެއްވުމާ އެކު ގާސިމަށް ރާއްޖެ ވަޑައިގެންނެވުނީ ނަޝީދުގެ ބުރަ މަސައްކަތުން ކަމަށާއި ސައިޒު އޮޅިވަޑައިނުގެން ހުންނެވުމަށް ބުނެ އެމަނިކުފާނަށް ބަހުގެ ހަމަލާތައް އަމާޒުވާން ފެށިއެވެ. އެއާއެކު ގާސިމް ވަނީ ޓުވީޓު ރީޓުވީޓު ކުރެއްވި ސަބަބު ދިފާޢުކޯށް ޓުވީޓެއް ކުރައްްވާފައެވެ. ގާސިމް ޓުވީޓުގައި ވިދާޅުވެފައިވަނީ "އަޅުގަނޑު އަލްހާން ފަހުމީގެ ރީޓުވީޓު ކުރީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކަ އަކަށް ވާތީ! ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްގެ މާނައިގައިވަނީ ބަސް ބުނި މީހާ އަށް ނުބަލާށޭ، ބުނި ބަހަށް ބަލާށޭ!" އެވެ.
Alhugandu @AlhanFahmy Retweet Kuree Eynaa Vidhaalhuvee Qaanoonee Gothunaai Dheenee Gothun Beliyas Rangalhu Vaahaka’akah Vaathee! Keerithi Rasoolaage Hadhees Basfulhehge Maanaigaa Vanee, Bas Buni Meehaayah Nubalaashey, Buni Bahah Balaashey!
— Qasim Ibrahim (@qasimibrahim) October 10, 2018
އަލްހާނަށް ފާޑު ކިޔާމީހުންނަށޤ ރައްދު ދެއްވައި އަލްހާން ވިދާޅުވީ ރައީސް ނަޝިދާއި މެދު ޒާތީ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެއީ ގާތް އެކުވެރިއެއް ކަަށާއި ކުރީގެ ރައީސެއް ކަމަށާއި އޮންނަ އިޖުރާއަތުގެ ދަށޫން ކަންކަން ކުރަވާން ޖެހޭ ކަށެވެ.
އެމްޑީޕީގެ ބައެއް އިސްވެރީން ވެސް ދަނީ ސޯޝަލް މީޑިއާގައި އިއްތިހާދުގެ ބައެއްބޭފުޅުންނަށް ބަހުގެ ޙަމަލާތައް ދެމުންނެވެ. އެގޮތުން ރައީސް ނަޝީދުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން ޙާމިދް ޢަބްދުލް ޤަފޫރުވަނީ ކިނބިދޫ ދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ ލީޑަރ ޢަބްދުﷲ ރިޔާޒް "ޕާޓީ ތަކުން ފޮނުވާހާ މީހަކު އިބޫ ގަބޫލެއް ނުކުރައްވާނެ" ކަމަށް ވިދާޅުވެފައިވާތީ "އަދި ތަންކޮޅެއް މައިތިރިކޮށް ހުންނަން" ފެންނަ ކަމަށް ވިދާޅުވެފައެވެ.
އަލްހާންގެ ޓުވީޓު ރީޓުވީޓު ކުރީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުންވެސް ރަނގަޅު ވާހަކައަކަށް ވާތީ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ