ވިލިނގިލީ ބޭންކް ފަޅާލުން: ހަ މީހަކު ހައްޔަރުކޮށް ގިނަ އަދެއްގެ ފައިސާ ހޯދައިފި

ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައިގާ ހަމީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހަ މީހަކު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެދަށުން ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ހޯދާފައިވަނީ ކިހާ ފައިސާއެއްކަންވެސް ހާމަކޮށްފައެއްނުވެއެވެ. އަދި ވަގަށް ނަގާފައިވަނީ ކިހާ ފައިސާއެއްކަންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އެކަން ރިޕޯޓްކޮށްފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި ފުރާޅު ޓިނުތައް ނަގައިގެން ވަދެ ތިޖޫރިތަކެއް ފަޅާލާފައިވާކަމަށެވެ.
ބޭންކުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ފުލުހުން ކުރިއަށްގެންދާތީ ބޭންކްގެ އެ ބްރާންޗުން ދެމުން އަންނަ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާޅާފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ