އަންނާން އޮތް ޖީލުތަކަށް ރާއްޖެ ވާސިލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިއްމާ އެއް: ރައީސް މުންތަޚަބް

އަންނާން އޮތް ޖީލުތަކަށް ގައުމު ވާޞިލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިއްމާ އެއް ކަމަށް ރައީސް މުންތަޚަބް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ. ގައުމީ ދުވަހުގެ މުނާސަބުތަކުގައި އިބްރާހީމް މުޙައްމަދް ޞާލިޙް ކުރެއްވި ޓުވީޓެއްގައި ގައުމިއްޔަތާއި މިނިވަންކަމުގެ  ދިފާޢުގައި ބޮޑުތަކުރުފާނު ކުރެއްވި މިންނެތް މަސައްކަތުގެ މަތީން ހަނދުމަފުޅު ކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެމަނިކުފާނު ވަނީ ޓުވިޓަރ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.  
ޣައުމީ ދުވަހަކީ ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަހެެވެ. އެއީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި ރާއްޖެ ސަލާމަތް ކުރެއްވި ދުވަހުގެ ހަނދާނުގައި ފާހަަގަކުރާ ދުވަހެކެވެ.
Dhivehi Qaumiyyathai minivankamuge dhifaaugai Boduthakurufaanu kurehvi aguhuri masakaiy miadhu handhaan kuran. Annaan oiy jeeluthakah mi Raajje vaasilkohdhinumakee alhugandumen ge zinmaaeh. Qaumee dhuvahuge thahniya hurihaa Dhivehi rayyithunah ariskuran.
— Ibrahim Mohamed Solih (@ibusolih) November 9, 2018
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ