ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑުނު ގެތަކަށް އަލުން އެ ހިދުމަތް ލިބެން ފަށައިފި

މާލޭގެ ބައެއް ސަރަހައްދުތަކުން ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށް ފަހު އަނބުރާ ލިބެން ފަށައިފިއެވެ.
ފެނާއި ކަރަންޓުގެ ޚިދުމަތް މިއަދު 12 ޖެހި އިރު މެދު ކެނޑިފައި އޮތުމަށްފަހު އަނބުރާ ގޭގެ އަށް އެދެ ހިދުމަތްވެސް އަލުން ލިބެންފެށީ 12:45 ކަންހާއިރުއެވެ. ނަމަވެސް ބައެއް ހިސާބުތަކަށް 12:15 ގައި ކަރަންޓުގެ ހިދުމަތް ލިބުނެވެ.
ފެނުގެ ހިދުމަތް ލިބުނު ނަމަވެސް ފެން ލިބެނީ ޕްރެޝަރު ދަށް ކޮށް ކަމަށް ސަން އާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުންޏެވެ.
އެމައްސަލައާއި ގުޅިގެން ތަކުރާރުކޮށް ގުޅުމުންވެސް ފެން ކުންފުންޏާއި ސްޓެލްކޯގެ ކަމާ ގުޅޭ ބޭފުޅުން ފޯނަށް ޖަވާބު ނުދެއްވާތީ މި ކަމުގެ ސަބަބެއް އަދި ވަނީ އޮޅުން ފިލާ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ