ދ.އަތޮޅު ކައުންސިލްގެ މެމްބަރު އަބްދުލްޤާދިރު އިސްތިއުފާ ދެއްވައިފި

ދ.އަތޮޅު ކައުންސިލްގެ މެމްބަރު އަބްދުލްޤާދިރު މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.
"ވަގުތަށް" މަޢުލޫމާތު ދެއްވަމުން، ދ އަތޮޅު ކައުންސިލުން އިސްތިއުފާ ދެއްވި މެމްބަރު އަބްދުލްޤާދިރު މުހައްމަދު ވިދާޅުވީ، އޭނާ ކައުންސިލުން އިސްތިއުފާ ދެއްވީ އޭނާގެ އަމިއްލަ ވިޔަފާރީގެ މަސައްކަތުގައި ޝާމިލުވެ އުޅެމުން ދާތީ، ކައުންސިލަށް އެކަށީގެންވާ ވަގުތު ނުދެވޭތީ ކަމަށެވެ.
"ވަގުތަށް" މަޢުލޫމާތު ދެއްވަމުން، ދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ހަސަން ޝާކިރު ވިދާޅުވީ، އަބްދުލްޤާދިރު މުހައްމަދު އިސްތިއުފާ ދެއްވާފައި ވަނީ، މިދިޔަ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށާއި، އޭނާގެ އިސްތިއުފާގެ ސިޓީ ކައުންސިލަށް އެދުވަހު ލިބިފައިވާ ކަމަށެވެ.
ނަމަވެސް، ޤާދިރު އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައި ނުވާ ކަމަށް ހަސަން ޝާކިރު ވިދާޅުވިއެވެ.
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ މެމްބަރެއް ކަމުގައިވާ އަބްދުލްޤާދިރު މުހައްމަދަކީ، މިދިޔަ ދައުރުގައި ދ.އަތޮޅު ކައުންސިލްގެ ރައީސްއެވެ.
އަދި އޭނާއަކީ، އެއާޕޯޓު ހިންގުމުގެ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ