އެމެރިކާގެ ވިޔަފާރި ކުންފުންޏެއް ހިއްސާވެގެން އުފައްދާފައިވާ މާޝަލް އިންޓަނޭޝަނަލާ ހއ. ވަށަފަރު އިންޖީނުގެ 10 އަހަރު ދުވަހަށް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ވަށަފަރު ކައުންސިލް އިދާރާގައި އޮތް ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ވަށަފަރުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލް އިދާރާގެ ރައީސް އަބުދުﷲ ޒާހިރެވެ. އަދި މާޝަލްކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޮންސިޑަރޭޓާ އަލީ ހާޝިމް އެވެ.
ހާޝިމް ވިދާޅުވީ މާދަމާ ރަސްމީކޮށް އިންޖީނުގެއާ އެ ކުންފުނިން ހަވާލުވި ނަމަވެސް ރަސްމީކޮށް ޔުނިޓަކަށް ނަގާނެ ވަކި ރޭޓެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް ވަކި ރޭޓެއް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ކޮންމެ ގެއަކަށް އެބަ އިންޖީނުގެއިން ޗާޖް ކުރޭ ލައިންފީގެ ގޮތުގައި 100ރ. އެއީ މިހާރު ވެސް ދެކޮޅު ނުޖެހިގެން ކުރަމުންގެންދާ ކަމެއް. އެކަމަކު އަޅުގަނޑުމެން ހަވާލުވެފައި ފުރަތަމަ ވެސް އެބައި ކަނޑާލާނަން. ވަކި ރޭޓެއް އަޅުގަނޑުމެން ކަނޑައަޅާނީ ކައުންސިލާ ވެސް ވާހަކަ ދެއްކުމަށް ފަހު،" ހާޝިމް ވިދާޅުވި އެވެ.
ހާޝިމް ވިދާޅުވީ މާޝަލްކުންފުނިން އިންޖީނުގެ ހިންގުމާ ހަވާލުވި ނަމަވެސް އިންޖީނުގެ ހިންގާނީ ރައްޔިތުންގެ މުދަލެއްގެ ގޮތުގައި ކަމަށެވެ.
ވަށަފަރު ކައުންސިލްގެ ރައީސް ޒާހިރު ވިދާޅުވީ އެކަމާ ގުޅޭ ރަސްމިއްޔާތެއް އަންނަ ހަފްތާ ތެރޭގައި ބާއްވާނެ ކަމަށެވެ.
ވަށަފަރު އިންޖީނުގެ މާޝަލް ކުންފުންޏާ ހަވާލުކުރުމުގެ ކުރިން ކޮންމެ ޔުނިކަށް ނަގަނީ 3.50ރ. އަށެވެ.
ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ފީ ނަގަމުންދަނީ އެނާޖީއިތޯރިޓީން ކަނޑާއަޅާފައިވާ މިންގަނޑާ އެއްގޮތަށް ކަމަށް ޒާހިރު ވިދާޅުވި އެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ވަށަފަރު އިންޖީނުގެ ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
އެމެރިކާ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުން ވަށަފަރު އިންޖީނުގެ ހިންގަން ހަވާލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ