އުމަރު ޒާހިރުގެ ޖަނާޒާ އިޝާ ނަމާދަށްފަހު

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައިވާ ޢުމަރު ޒާހިރުގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު ބޭއްވުމަށް ނިންމައިފި އެވެ.
އުމަރު ޒާހިރުގެ ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު ހުޅުމާލެ ސަހަރާގަ އެވެ. އަދި ކަށު ނަމާދަށްފަހު ހަށިކޮޅު މާލެ ގެނެސް އުމަރު ޒާހިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ގަލޮޅު ސަހަރާގަ އެވެ.
އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.
ޢުމަރު ޒާހިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 85 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ