މޫސުން ވަރަށް ގޯސް: ދެކުނަށް ހުދު، އުތުރު އަދި މެދަށް ރީނދޫ ސަމާލު

ރާއްޖޭގެ މޫސުން ގޯސްވެ، ދެކުނުގެ ސަރަހައްދުތަކަށް ހުދު ސަމާލު އަދި އުތުރު އަދި މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރާކަމަށެވެ. އަދި އެ ސަރަހައްދަށް ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 22:30 އިން ފެށިގެން މިރޭ 2:30 އާ ހަމައަށެވެ.
އޭގެ އިތުރުން މެޓް އޮފީހުން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުމާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ސަރަހައްދަށްވެސް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 22:30 އިން ފެށިގެން މިރޭ 2:30 އާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ