ކްރިސްމަސް ދުވަހު ނޫސްވެރިއަކަށް ހަމަލާ ދިނުމުގެ ސަބަބުން ޔޫކްރެއިންގައި ސަރުކާރާއި ދެކޮޅު ރައްޔިތުންތައް އަނެއްކާވެސް މަގުމައްޗަށް ނިކުމެ މުޒާހަރާތައް ކުރިޔަށް ގެންދަން ފަށައިފިއެވެ.
މަހެއް ވަމުންދާ މުޒާހަރާތައް ކުރިޔަށް ގެންދަން އަލުން ފަށައިގަތުމަށް އެތަށް ހާސް ރައްޔިތުންނެއް ކިއޭވްގެ މަގުތައް މައްޗަށް ނުކުތެވެ.
މުޒާހަރާގެ ބައިވެރިން ވަނީ އެޤައުމުގެ ރައީސް ވިކްޓަރ ޔާނުކޮވިޗްގެ ރަސްމީ ގެކޮޅު ކައިރީގައިވެސް މުޒާހަރާތައް ކޮށްފައެވެ. މުޒާހަރާތައް ކުރިޔަށް ގެންދިއުމަށް ހިތްވަރު ލިބިގެން ދިޔައީ، މަޝްހޫރު ނޫސްވެރިޔާ ޓަޓްޔާނާ ކޯރނޮވޮލްއަށް ވަރަށް އަނިޔާވެރި ހަމަލާއެއް މަގުމަތިން ދިނުމުންނެވެ.
ޓަޓްޔާނާއަށް ހަމަލާދީފައި ވަނީ، ރައީސްގެ ރަސްމީ ގެކޮޅުގެ މާލިއްޔަތާއި މެދު އަޑުފެތުރުނު ވާހަކަތަކެއްގ ސަބަބުން ރައީސް ޔާނުކޮވިޗްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމުންނެވެ.
ނަމަވެސް ރައީސް ޔާނުކޮވިޗް ވަނީ މިކަން ދޮގުކޮށް، ޓަޓްޔާނާ ކޯރނޮލޮވްއަށް ދިން ހަމަލާ ތަޙްޤީޤު ކުރުމަށް އަމުރު ކުރައްވާފައެވެ.
"އަހަރުމެން މިތަނަށް ކޮންމެ ދުވަހަކު އަންނާނަން. މި އެއްވުން ހުއްޓާލާނީ ސަރުކާރުން ޤާނޫނު އަސާސީއަށް ބަދަލު ގެނެސް، ރައީސްގެ ބާރުތައް ކުޑަކުރުމުން." އިންޑިޕެންޑެންޓް ސްކޮޔާރގައި ހުރި މުޒާހަރާގެ ބައިވެރިއެއް އެސޯސިއޭޓަޑް ޕްރެސްއަށް މަޢުލޫމާތު ދިނެވެ.
މުޒާހަރާގެ ބައިވެރިން ފުރަތަމަ މަގުމައްޗަށް ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލީ، ރަޝިޔާއާއި އެކު ގުޅުން ހީނަރުވެދާނެ ކަމަށް ހީކޮށް ރައީސް ޔާނުކޮވިޗް ޔޫރަޕިއަން ޔޫނިއަންގައި އެޤައުމު ބައިވެރި ކުރުމަށް އެކުލަވާލި އެއްބަސްވުން ދޫކޮށްލުމުންނެވެ.
ޔޫކްރެއިންގެ ރައްޔިތުން އަނެއްކާވެސް މަގުމައްޗަށް ނުކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ