މަޖިލިސް މެންބަރުން އިތުރަށް މަސައްކަތްކޮށްދެއްވުމަށް މައުމޫން އެދިވަޑައިގެންފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާނަމަ ޕީޕީއެމް އާއި އެމްޑީއޭގެ މަޖިލިސް މެންބަރުން އިތުރަށް މަސައްކަތްކޮށްދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.
ރޭ މައްޗަންގޮޅި ދެކުނު ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމަށް ކުރިއަށްއޮތް ރިޔާސީ އިންތިޙާބް ކާމިޔާބުކޮއްދިނުމައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ހުރިހާ ފަރާތްތަކަކުން މަސަތްކަތްކޮއްދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"ޕީޕީއެމަށް ކުރިއަށް އޮތް ރިޔާސީ އިންތިޙާބް ކާމިޔާބުކޮއް ދެއްވުމައްޓަކާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރަށްވުރެ އިތުރު ހިއްތަވަރެއް ލައްވައިގެން އަންނަ ރިޔާސީ އިންތިޙާބު ޕީޕީއެމަށް ކާމިޔާބުކޮއްދެއްވުމަށް މަސަތްކަތް ކުރެއްވުމައް އަޅުގަނޑު އެބޭފުޅުންގެ އަރިހުން އެދޭކަމައް" ރައީސް މައުމޫން ވިދާޅޫވިއެވެ.
އަދި އެކަށީގެންވާވަރަށް މަސަތްކަތް ނުކުރެވޭ އަތޮޅުތަކެއް އެބަހުރިކަމަށާއި، ހުރިހާތަނަކަށް ދަތުރުކުރެއްވުމުގައި ޕީޖީ މެންބަރުން އިތުރު ހިތްވަރެއް ލައްވައިގެއެން މަސަތްކަތްކޮއްދެއްވުމައް މައުމޫންވަނީ އެދިވަޑައިގަންނަވާފައެވެ.
އަޅުގަނޑުމެންނަށް މިހާތަނަށް އަދި އެހާބޮޑަށް މަސަތްކަތް ނުކުރެވޭ ބައެއް އަތޮޅުތައް އެބަހުރި. އަޅުގަނޑު އެދޭނީ މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއަތޮޅުތަކަށް އިތުރު ހިތްވަރެއްލައްވައިގެން ވަޑައިގަންނަވާ އަންނަ ރިޔާސީ އިންތިޙާބަށް ކެމްޕޭންކުރެއްވެވުން" ކަމަށް މައުމޫނު ވިދާޅުވިއެވެ.
ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަކީ ރިޔާސީ އިންތިޙާބަށް ކުރިމަތިލައްވާފައިވާ އެންމެ ގާބިލް ދެބޭފުޅުން ކަމަށެވެ.
އަދި ރޭ ޓީވީއެމްއިން ގެނެސްދިން ރިޔާސީ ކެންޑިޑޭޓުންގެ ރަނިންމޭޓު ބަހުސްއިން ވެސް މޮޅުވެފައިވަނީ ޖަމީލް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ