އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސާއި އަދި އެޕާޓީގެ މީޑިއާ ކޮމިޓީގެ ނައިބު މުގައްރިރު އައިމިނަތު ޝައުނާގެ ފޯނު ހަތް ދުވަސް ތެރޭގައި ރައްދުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ ޝައުނާގެ ބްލެކްބެރީ ފޯނުން މިދިޔަ އަހަރުގެ 7 ޖުލައި އިން 12 ޖުލައި އަށް ކޮށްފައިވާ ކޯލްތަކާއި މެސެޖުތަކުގެ ތަފްސީލު ހޯދަން މިދިޔަ އަހަރުގެ 13 ޖުލައި ގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެއް މަރުހަލާގެ ކޯޓަކުން ކޮށްފައިވާ ހުކުމަކަށް ނުވަތަ އަމުރަކަށް އަސަރުކުރާ ފަދަ ނުވަތަ އެފަދަ އެއްވެސް ނިންމުމަކަށް ހުރަސްއެޅިދާ ފަދަ އެއްވެސް ނިންމުމެއް ހަމަ އެ މަރުހަލާގެ އެހެން ކޯޓަކުން ނިންމުމަކީ ޝަރުއީ ނިޒާމު ބިނާވެފައިވާ އަސާސީ އުސޫލްތަކާ ތައާރުޒުވާ ކަމެއް ކަމަށްވާތީ ފުލުހުން ފޯނު އަތުލާފައި ވަނީ ގާނޫނީ ހިލާފަށް ކަމުގައި ބުނުމުގެ ހައިސިއްޔަތު ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.
ހުކުމުގައި ބުނެފައިވާ މައުލޫމާތުތައް ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ނަގައި، ބަލައި، ނަކަލުކޮށް، ބަދަލުކޮށް، އުނިއިތުރު ގެނެސް، ރެކޯޑްކޮށް އަދި ތަހުލީލުކުރުން ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެ ހުކުމުގައި ހުއްދަ ދީފައިވާ މައުލޫމާތުތައް ހޯދައި ނިމިފައިވާކަން ދައުލަތުގެ ބަހުން އެނގެން އޮންނާތީ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޝައުނާގެ ފޯނު އަނބުރާ ރައްދުކުރުމަށް ހުކުމްކުރާ ކަމަށް ވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ޝައުނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ހައްޔަރު ކުރުމަށް ފަހު އެވެ.
7 ދުވަސް ތެރޭގައި ޝައުނާގެ ފޯނު ހަވާލުކުރަން ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ