އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު ހަވީރު ހައެއް ޖަހާއިރަށް އިއުލާނުކުރަން ފަސްކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރުން މިއަދު ހަވީރު ހައެއްޖަހާއިރަށް ފަސްކޮށްފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިއަދު ހަވީރު ހައެއް ޖަހާއިރުކަމަށެވެ.
ނަތީޖާ އިޢުލާންކުރަން ފަސްކުރި ސަބަބެއް އިލެކްޝަންސް ކޮމިޝަނުން ނުބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދެވަނަ ބުރަށް ގޮސްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނޭވެ. ރައީސް ނަޝީދަށް 95،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއިރު ޔާމީނަށް ލިބިވަޑައިގަތީ 53،000 ވޯޓެވެ.
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ލިބިވަޑައިގެންނެވީ 50،000 އަށް ވުރެ ގިނަ ވޯޓެވެ. ރައީސް ވަހީދަށް ލިބިވަޑައިގަތީ 10،000 އަށް ވުރެ ގިނަ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ