އިމާދުއްދީން ސްކޫލް ކައިރީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލައިފި

އިމާދުއްދީން ސްކޫލް ފުރަގަހުގައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 23:26 ހާއިރު ކަމަށާއި ސިފައިން ކުރަމުންދިޔަ މަސައްކަތުން މިހާރު ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކާރަކީ ވަރަށް ބޮޑަށް ބާވެފައި އޮތް ކާރެކެވެ.
އިމާދުއްދީން ސްކޫލް ކައިރީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިއިރު ރޭ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެގެ ކާރުގައި ވަނީ ރޯކޮށްލާފައެވެ.
މިހާތަނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ