ހެނބަދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ރައީސް ޔާމީން ފައްޓަވައިދެއްވައިފި

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
ރަޢިސް އޮފީހުން މައުލުމާތުދެއްވޮ ގޮތުގައި، ހެނބަދޫ ބަނދަރު ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފައްޓަވައިދެއްވުން އެދި ދެންނެވީ ޗަމްޕާ މުޙައްމަދު މޫސާއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ 3 ދުވަހުގެ މި ދަތުރުފުޅުގައި ނ.ޅ އަދި ބ އަތޮޅުގެ ބައެއް ރައްރަށައް ވަޑައިގެން އެ ރަށްރަށުގައި ސަރުކާރުން ހިންގަވާ ބައެއް މަޝްރޫޢުތަކުގެ ނިންމުން ފާހަގަކުރެއްވުމާއެކު ސަރުކާރުން ބައެއް ރަށްރަށުގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތައް ފައްޓަވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިއަދު ހެނދުނު ނ. މާޅެންދޫ އަށް ވަޑައިގެން އެރަށުގައި އަލަށް އިމާރާތްކުރި މިސްކިތެއް ކަމަށްވާ މަސްޖިދުލް ތަޤްވާ ރަސްމީކޮށް ހުޅުވައިދެއްވާފައި ވެއެވެ.
އަދީ މީގެ އިތުރުން މާޅެންދޫގެ ބަނދަރުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުވައިދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ