ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
ފުލުހުންގެ އިދާރާއަށް އާޒިމް ހާޒިރުވުމަށް އަންގާފައިވަނީ، މާދަމާ މެނދުރު 12:00 އަށެވެ. އާޒިމް ފުލުހަށް ޙާޒިރުކުރަނީ ފުލުހުން ތަހުޤީޤުކުރާ މައްސަލައެއްގައި އޭނާގެ ބަޔާން ނެގުމަށެވެ.
މިކަން އަންގައި އާޒިމަށް ފުލުހުން ފޮނުވާފައިވާ ޗިޓުގައިވަނީ، ފުލުހަށް އޭނާ ހާޒިރުކުރަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ސިފައިންނާ މެދު މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
މިކަމާ ގުޅިގެން އާޒިމް ވިދާޅުވީ، އޭނާގެ މައްސަލައެއް ތަހުޤީޤުކުރަނީ ޙުކުމް އިއްވައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ތާވަލްކުރެވުނު ގިނަ ދުވަސްތަކުގައި އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުން އުފައްދާން މަސައްކަތްކޮށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާ ކުރިމަތިލާން މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން މާދަމާ ފުލުސް އޮފީހަށް ހާޒިރުކުރާ، މެމްބަރު އާޒިމް ވަނީ، އެ ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް މެމްބަރުންނަށް ޙަމަލާވެސްދީފައެވެ.
މެމްބަރު އާޒިމް ފުލުހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ