އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ރައްޔިތުން އަތުން ނަގާފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާއި ހަވާކުރުން މިއަދު އޮންނާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ކޮންވެންޝަނަލް ސެންޓަރ ހެދުމަށްޓަކައި އެމްޑީޕީގެ ސަރުޚާރުން ނަގާފައިވާ ބިންތައް މިއަދު އައްޑޫ ސިޓީގައި އޮންނާނެ ކަމަށާއި ޖުލައި 26ގެ ކުރިން ހުރިހާ ގޯތިތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކޮށް ނިންމާލެވޭނެކަމަށެވެ.
އެ މަސައްކަތް ފެށުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް މިއަދު ހަވީރު 4:30 ބޭއްވުމަށް ހަމަޖެހިފައިވާއިރު އެރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ބިނާ ކޮށްފައިވާ ފުލެޓްތައް ހުންނަ ސަރަހައްދުގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ދޫކުރާ ގޯތިތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ސީނިއަ ޕޮލިސީ އެގްޒެކެޓިވް އަބްދުﷲ ޒިޔާދު ވިދާޅުވީ މިއަދު ދޫކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޕުލޮޓު ކަމަށާއި މުޅިއެކު 30 ގޯތި ކަމަށާއި ގޯތި ދޫކުރުމުގައި އިސްކަންދެނީ ގޯތިތަކަށް އިއުލާން ކުރުމާއެކު ފޯމްތައް ހުށަހަޅައި ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ސާކް ސަމިޓް ބޭއްވުމަށް އެމްޑީޕީގެ ސަރުކާރުން އައްޑޫ ރައްޔިތުންގެ އަތުން ގޯތިތައް ނަގާފައިވަނީ އެފަރާތްތަކަށް ގޯތީގެ ބަދަލުދޭގޮތައް 2011 ވަނަ އަހަރުއެވެ. އެހެންނަމަވެސް ބަދަލު ދީފައި ނުވާތީ ބައެއްފަރާތްތަކުން ވަނީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައެވެ.
އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އަޅަން ސަރުކާރަށް ނެގި ގޯތިތަށް ހަމަ އެސަރައްޙައްދުން، އަނބުރާ ދިނުމަށް ނިންމެވިކަން އިކޮނޮމިކް މިނިސްޓަރ މެދުވެރި ކުރައްވާ އައްޑޫގައި ޕީޕީއެމުން ބޭއްވި ބޮޑު ރެލީގެ ތެރެއިންވަނީ މީގެ ކުރިން އިއުލާންކުރައްވާފައެވެ.
17 ވަނަ ސާރކް ސަމިޓު ބޭއްވުމަށް އައްޑޫ ސިޓީގައި ޢިމާރާތްކުރި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ނިންމާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމައި، ޒަމާނީ ވަސީލަތްތަކާއެކު ޓަރޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ.
އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ރައްޔިތުން އަތުން ނަގާފައިވާ ގޯތިތައް ވެރިފަރާތްތަކާ މިއަދު ހަވާލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ