މިނިވަންކަން ހީނަރު ނުވާ ގޮތަށް ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިކުރާނަން - ރައީސް

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހީނަރު ނުވާ ގޮތަށް ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ދިވެހިންނަށް ފައިދާވާނެ ހުރިހާ މަގެއް ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެސްޓޯނިއޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ އަވަށްޓެރި ގައުމުތަކަކީ އެންމެ ގާތް ރަހުމަތްތެރިން ކަމަށާއި އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމަށެވެ.
"އަވަށްޓެރިން ވަރަށް މުހިންމުވާނެ އަޅުގަނޑުމެންނަށް އިނގޭތޯ. އެހަގީގަތެއް ބަދަލެއް ނުވާނެ. އަވަށްޓެރިންނަކީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން. އެކަން އެހެންއޮވެމެ އެބަޖެހޭ އަޅުގަނޑު ޤަބޫލްކުރާގޮތުގައި ދިވެހިންނަށް އެންމެފައިދާވާ ހުރިހާ މަގެއް ފަހިކުރަން." ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަވަށްޓެރިން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވާނެ. އެ ހަގީގަތެއް ބަދަލެއް ނުވާނެ. އެ ހަގީގަތް އޮވެމެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެބަޖެހޭ ދިވެހިންނަށް ފައިދާވާ ހުރިހާ މަގެއް ފަހި ކުރަން،" ރައީސް ވިދާޅުވި އެވެ.
އެސްޓޯނިއާ އަކީ ޑިޖިޓަލް އިގުތިސާދެއް ބިބާކުރުމުގައި މުޅި ދުނިޔޭގައި ވެސް ނަމޫނާ ގައުމެއް ކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ފަށާފައިވާ މަސައްކަތުގައި އެސްޓޯނިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މި ދަތުރުފުޅުގެ ތެރެއިން ވަނީ ލިބިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެންގެ ޕަބްލިކް ސާވިސްތައް 100 ޕަސެންޓު ޑިޖިޓަލައިޒް ކުރަން ބޭނުން. ޒަމާނުއްސުރެ ކަރުދާހުން އާކައިވް ކުރުން ޑިޖިޓަލް އާކައިވްއަކަށް ބަދަލުކުރަން ބޭނުން،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ