މާލެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފްލައިޓްތައް ޖެއްސުމުގައި ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
ވައިގެ އުދުހުންތަކުގެ މައުލޫމާތު އެނގޭ ފްލައިޓް ރާޑާއިން ދައްކާ ގޮތުގައި، ވައިގަދަވުމުގެ ސަބަބުން ވީއައިއޭ އަށް ބައެއް ފްލައިޓްތައް ޖައްސަން އުނދަގޫވެ، ގިނަ އިރުތަކެއް ވަންދެން މަތީގައި ވަނީ މަޑުކުރަން ޖެހިފަ އެވެ. އޭގެ ތެރޭގައި، ފްލައިޑުބާއީ އާއި ސިންގަޕޯ އެއާލައިންސްގެ ބޯޓުތައް ހިމެނެ އެވެ.
އަދި ގއ. މާމިގިލީ އެއާޕޯޓަށް ޖައްސަން ދިޔަ މަތިންދާބޯޓެއް ވެސް ވަނީ ނުޖެއްސި އަނބުރާ މާލެ ވަނީ އައިސްފަ އެވެ.
Multiple aircraft holding near Velana International Airport due to bad weather. Recent METAR reports wind gusts to 35kts with 2000m visibility. pic.twitter.com/5p8uk0f6Pq
— AviatorsMaldives (@AviatorsMaldive) January 3, 2025
މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން މިހާރު ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދުގެ މެންދުރުފަހު 3 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.
ރާއްޖެ އަށް މޫސުން ގޯސްވެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
މޫސުން ގޯސްވެ، ފްލައިޓްތައް ޖެއްސުމުގައި ދަތިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ