އަންނަ އާދިއްތަ ދުވަސް ކަމަށްވާ އަޟްޙާ އީދު ދުވަހުގެ ހަވީރު މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމައިފި އެވެ.
މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ ބައްދަލުވުމުގައި ނިންމާފައިވަނީ އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކެއްގައި ވެހިކަލް ދުއްވުން މަނާކުރުމަށެވެ.
ސިޓީ ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާތައް ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން ދޫކުރާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިއަންނަ އީދު ދުވަހު ވެސް ހަވީރު 4 އިން 6 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ