ޢީދު ބަންދަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް އަޟްހާ އީދު ބަންދުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.
އެގޮތުން މެޓް އޮފީހުން ބުނީ، އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށާއި ވައި ޖެހޭނީ ޢާއްމުގޮތެއްގައި 15 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ.
ހަމައެއާއިއެކު، ރާއްޖެ ހުރިހާ ހިސާބަކަށް ވެސް ކެރީގެ އަސަރު ފޯރާނެކަމަށްވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.
Advertisement
އީދު ބަންދުތަކަކީ ރާއްޖެ ގެ އެކި ސަރަހައްދުތަކަށް މީހުން ގިނަ އަދަދަކަށް ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވާއިރު، މިފަހަރުގެ އަޟްހާ އީދު ބަންދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް އިލްތިމާސްކޮށްފައެވެ.
އީދު ބަންދާއި ގުޅިގެން އަންނަ ހަފްތާ އެއްކޮށް ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ބަންދަށް ފަހު ސަރުކާރު ސްކޫލްތަކާއި އޮފީސްތައް ހުޅުވޭނީ  ޖޫން 23 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ