އަދިވެސް މޫސުން ގޯސް، ދެކުނަށް ރީނދޫ ސަމާލު، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން އެންމެ ކުރިން ހުދު ސަމާލު ނެރިފައިވަނީ ހއ އަތޮޅުން އައްޑު އަތޮޅާއި ހަމައަށެވެ. އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 5:30 ފެށިގެން މެންދުރުފަހު 10:30 އަށެވެ.
މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި ސަރަހަށްދަށް ގަޑިއަކު 22 މޭލާއި 27 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
Advertisement
މީގެ އިތުރުން މެޓް އޮފީހުން ވަނީ ގއ އަތޮޅުން އައްޑު އަތޮޅަށް ވެސް ރީނދޫ ސަމާލު ނެރެފައެވެ. 
އެގޮތުން ހުދު ސަމާލު ނެރިފައިވަނީ މިއަދުގެ 9:30 ހުން ފެށިގެން 13:30 އަށެވެ.
މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި ސަރަހަށްދަށް ބޯކޮށް ވާރޭވެހި ވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
މި ދުވަސްވަރަކީ ވިއްސާރަވެ ވައުގަދަވެ ކަނޑުތައްވެސް ގަދަ ދުވަސްތަކަކަށް ވުމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ