މަހަށް ނިކުތް ދެ ދިވެހީން ގެއްލިގެން ހޯދަނީ

މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު މިރޭ 10:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަަށެވެ.
މަހަށް ނިކުތް ދެ ދިވެހީން ގެއްލިގެން ހޯދަން ފަށައިފި އެވެ.
‏ފުލުހުން މިރޭ ބުނީ މިއަދު ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއް ނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މައުލޫމާތު މިރޭ 10:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަަށެވެ.‏މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު މ. އަތޮޅު ފުލުހުންގެ ލޯންޗު ދަނީ ދޯންނާއި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ކަމަށް ވެސް ބުންޏެވެ. އަދި މިކަމުގެ މައުލޫމާތު އެމްއެންޑީއެފާ ވަނީ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ."‏މި ދޯނީގައި މަހަށް ގޮސްފައި ވަނީ ދިވެހި ދެ ފިރިހެނުން،" ‏މި ދޯންޏާއި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅައި އެ މައުލޫމާތެއް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ