ދިއްގަރުގައި 75 ހައުސިން ޔުނިޓް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާގެ އިތުރުން ސިޓިންގް ރޫމާއި ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭނެ އެވެ.
މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.ހައުސިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދިއްގަރުގައި އަޅަން ނިންމާފައި ވަނީ 1000 އަކަފޫޓުގެ 75 ހައުސިން ޔުނިޓް ކަމަށެވެ. ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާގެ އިތުރުން ސިޓިންގް ރޫމާއި ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭނެ އެވެ.މި މަޝްރޫއުގެ އަގަކީ 117.9 މިލިއަން ރުފިޔާ އެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 420 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މިއީ ސަރުކާރުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މަޝްރޫއުއެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ