މުއިއްޒު ކޯޓަށް އަތް ބާނާއިގެން ހުކުމް ނެރެފައިވަނީ މައްސަލަ އަލުން ބަލާގޮތަށް! ބޭނުމަކީ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާނަމަ ޖަލު ހުކުމް އިއާދަ ކުރާނެ ކަމުގެ ބިރު ދައްކާފަ ބެހެއްޓުން! ޔާމިނަށް މުއިއްޒު ދިނީ އިތުރު އަނިޔާއެއް!

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިރޭ ހައިކޯޓުން ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް ކްރިމަނަލް ކޯޓަށް ހައިކޯޓުން ވަނީ މައްސަލަ ފޮނުވާފައެވެ.
އެހެންނަމަވެސް, ހައިކޯޓުން އިއްވި ހުކުމާއެކު މުއިއްޒުވަނީ ޔާމިން މިނިވަންކުރުމުގެ ވައުދު ފުއްދަވާފައިވާކަމަށް ވިދާޅުވެ މެޑަލް ޖައްސަވަން ފައްޓަވާފައެވެ. އަދި ޔާމިނަށް ތާއީދުކުރާ ފަރާތްތަކުގެ ވޯޓު ސަރުކާރު ކެނޑިޑޭޓުންނަށް ހޯދުމަށް, މުއިއްޒުވަނީ އިހުނަށްވުރެ ގިނައިން އަނެއްކާވެސް ޔާމިންގެ ނަން ބޭނުން ކުރައްވަން ފައްޓަވާފައިވެސް މެއެވެ.
އެހެންނަމަވެސް, ރައީސް ޔާމިން މިނިވަން ކުރުމަށް ހައި ކޯޓުން ކުރި ހުކުމަށް ބަލާއިރު, ރައީސް މުއިއްޒު ވިސްނުމާއި އަދި ހަސީލަތްވެސް ރައީސް ޔާމިންއާ ދޭތެރޭ ވަރަށްވެސް ނުބައިވެފައި ގޯސްކަން ސާފުވާން އެބަހުއްޓެވެ. އޭގެ އެންމެ މުހިންމު އެއް ސަބަބެއްގެ ގޮތުގައި ފާހަގަވާން އޮތީ, ރައީސް މުއިއްޒު އަތް ބާނުއްވައިގެން, ހުކުމުގެ ނާޖާއިޒް ފައިދާ މަޖިލިސް އިންތިޚާބަށް ނެގުމުގެ ބޭނުމުގައި, މި ވަގުތަށް ރައީސް ޔާމިން މިނިވަން ކުރުމަށްފަހު, ސަރުކާރުން ބޭނުން ވެއްޖެ ހާލަތެއް ދަށު ކޯޓުން އަނެއްކާވެސް މައްސަލަ ބަލަންޖެހޭގޮތަށް މިއަދު ހައި ކޯޓުން ކުރި ހުކުމުން ފަރުމާ ކޮށްފައި އޮތުމެވެ.
ބޭނުމަކީ ސިޔާސީގޮތުން ރައީސް ޔާމިނަށް ބިރު ދެއްކުމެވެ. ކޯޓަށް ދަމާދެމުމަށް މުޅި ދައުރުގައިވެސް ނިމުމެއް ނުގެނައުމެވެ. ރައީސް ޔާމިންގެ އަނގައިގައި މަލަން އަޅުވާފައި އަދިވެސް ބެހެއްޓޭތޯ ބެލުމެވެ. މިހުކުމަށް އެކަނި ބަލާލި ނަމަވެސް ފާޅުވާން އޮތީ މުއިއްޒުގެ މަކަރުވެރިކަމާއި ހީލަތްތެރިކަމެވެ. ސިޔާސީ މަންފާއެއް ހާސިލްކުރުމަށް އަނެކުންނަށް ކިތަންމެ ބޮޑު އަނިޔާއެއް ދިނުމަށްވެސް މުއިއްޒު ފަހަތަށް ނުޖެހޭނެ ކަމެވެ.
އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޔާމިންގެ ސަޕޯޓަރުންގެ ތާއީދެއް ހޯދުމުގެ އެއްވެސް ފުރުސަތެއް މުއިއްޒުއަށް ނެތްކަމެވެ. އެއީ ރައީސް މުއިއްޒުއަކީ ދޮގާއި މަކަރާއި ހީލަތް ހެދުމަށް އެއްވެސް ޖެހުލުމެއް ނުވާނެ ބޭފުޅެއްކަން ފާއިތުވި 4 މަސްދުވަހުން ވަރަށްވެސް ރަގަޅަށް ހާމަވެ ފެނިގެން ގޮސްފައިވާތީއެވެ.
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ސަރުކާރު ބޮޑުތަނުން ބަލިވެގެންދާނެކަމާމެދު ޝައްކު ކުރަނީ ވަރަށްވެސް މަދު ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ