އަޅުގަނޑު ދުޢާއަކީ ރައީސް ޔާމިނަށް އިންސާފު ލިބި، އެމަނިކުފާނު މިނިވަންވެގެން އައުން: ރައީސް މުޢިއްޒު

ހައިކޯޓުގައި ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުކުމުގެ އިސްތިއުނާފުގައި އެމަނިކުފާނު މިނިވަންވާނެކަމުގެ އުންމީދު ކުރައްވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައުވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުން މިއަދު މެންދުރު 13:00 އަށް ވަނީ ތާވަލުކޮށްފަ އެވެ. 
އެކަމަށް އިޝާރާތް ކުރައްވައި، ރޭ ސޯސަންމަގުގައި އޮތް ކެމްޕެއިން ޖަލްސާއެއް ގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ ހަމަޖެހުން ގާއިމް ކުރުމަށް ޝަރުޢީދާއިރާއަށް ނުފޫޒް ފޯރުވުން ނިމުމަކަށް ގެނައުމަށް އެމަނިކުފާނު ވައުވެވަޑައިގެންނެވި ކަމަށެވެ. އަދި އެ ވައުދު މަތީގައި މިހާރުވެސް ހުންނެވި ކަމަށް ވިދާޅުވިއެވެ. 
ރައީސް ވިދާޅުވުގޮތުގައި، އެމަނިކުފާނު ހުވާ ކުރެއްވި ދުވަހުން ފެށިގެން މި ސަރުކާރުން ޝަރުޢީދާއިރާއަށް ފޯރުވި ނުފޫޒެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް އެމްޑީޕިގެ ނުފޫޒު ފޯރާކަމަށާ، އެ ކޮމިޝަނުގެ ރައީސަކީވެސް އެމްޑީޕީ މެންބަރެއް ކަމަށެވެ. 
އަދި ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ ބަލަން ހުށައަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް / ޖޭއެސްސީގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވިތާ ދެތީން ދުވަސްތެރޭ ހުކުމްގެ އަޑުއެހުން ތާވަލު ކުރުމުން ޖުޑީޝަރީގައި އެމްޑީޕީން ނުފޫޒު ހިންގާ މިންވަރު ހާމަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކަން ހިނގާ ދިޔަ ގޮތުން ޔާމީންގެ މައްސަލަ ލަސް ކުރަން އެމްޑީޕީން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާން ކުރި މަސައްކަތް ސާބިތުވެއްޖެ ކަމަށެވެ.
މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ. އެ ބޭފުޅުން ބޭނުންވީމަ އެބަ ޝެޑިއުލް ކުރެވޭ، އަޅުގަނޑު މީގެ ކުރީން ވެސް އާންމުކޮށް ހުންނާނެ ގޮވާލާފައި ހުންނާނެ ޖުޑީޝަރީއަށް އެމަނިކުފާނުގެ މައްސަލަ އިންސާފުވެރި ކަމާ އެކު އަވަހަށް ނިންމަަދޭށޭ. އެކަން އޮންނާނީ އަޅުގަނޑު ގޮވާލާފައި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ޔާމީން މިނިވަންވެވަޑައިގަތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށާ ކެމްޕެއިން ގައި ވެސް ތަކުރާރުކޮށް އެ ވާހަކަ ވިދާޅުވެފައިވާނެ ކަަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ލިބުމަށް ފަހު ބޭއްވެވި ފުރަތަމަ ބައްދަލްވުމުގައި އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ކަމަށެވެ. އެ ގޮވާލެއްވުމާއި އެއްގޮތަށް އޭގެ އަނެއް ދުވަހު ރައީސް ޔާމިން ގެއަށް ބަދަލު ކުރެވުނު ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަޅުގަނޑު ވަރަށް އުފާ ކުރަން ރައީސް ޔާމިންގެ މައްސަލަ ތާވަލް ކުރީމަ. އަޅުގަނޑުގެ ދުއާ އަކީ އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައި ގޮތަށް ދުއާ އަކީ ރައީސް ޔާމީން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. 
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު
މިއާއިއެކު ރައީސް ވިދާޅުވީ ޝަރުޢީ ނިޒާމަށް އެމްޑީޕީން ނުފޫޒު ފޯރުވާ ފޯރުވުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ޖޭއެސްސީ ބޭނުން ކޮށްގެން ޖުޑިޝަރީއަށް ފޯރުވަމުންދާ ފޯރުވުން ހުއްޓުވުމަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެއީއެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ