ގަލޮޅު އެލިއާ މާޓް ފިހާރައިން ވައްކަން ކުރި މީހާ ހޯދާ، ހައްޔަރުކޮށްފި

އިއްޔެ ގަލޮޅު އެލިއާ މާޓް ފިހާރައިން ވައްކަން ކުރި މިހާ ހޯދާ، ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ އެލިއާ މާޓް ފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫގު އިއްޔެ ފަތިހު 5:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައްސަލަ ރިޕޯޓް ކުރިތާ 2 ގަޑިއިރު ތެރޭ ތުހުމަތު ކުރެވޭ މިހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މިހާ ހައްޔަރު ކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ގަލޮޅު ރެސްޕޯންސް އެންޑް ޕެޓްރޯލް އަދި އިންވެސްޓިގޭޝަން ކުރަމުން ދިޔަ މަސައްކަތުން ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ހައްޔަރުކޮށް ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން ސެންޓު ފުޅިއަކާއި މޯބައިލް ފޯނެއްގެ އިތުރުން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 1،205 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނިމިދިޔަ މާޗު މަހު އެންމެ ގިނައިން ހުށައަޅާފައި ވަނީ ވައްކަމުގެ މައްސަލަަތައްކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ މަހު ވައްކަމުގެ ޖުމްލަ 321 މައްސަލައަށް ވަނީ ފުލުހަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ