ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާކަން ”ސަންގު“ އަށް ވަނީ ކަށަވަރުވެފަ އެވެ. އަދި މިވަގުތު އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް ހުންނެވީ ފުލުހުންގެ އިދާރާގައި މައްސަލައިގެ ބަޔާން ދެއްވުމަށެވެ.
އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެކެވެ.
މި މައްސަލައިގައި އެ ގޭގެ ބައެއް އަވަށްޓެރިން ބުނާ ގޮތުން، ރޭގެ ވަގުތެއްގައި ހިނގައިދިޔަ އެ ހާދިސާގެ ސަބަބުން އަސްރާ އައިޖީއެމްއެޗަށް ވެސް ގެންދެވުނެވެ. އަދި ރޭ ފުލުހުން ވެސް އެ ގެއަށް ދިޔައެވެ. އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ދަރިފުޅު ވެސް އެތަނުގައި ހުރިކަމަށް މައުލޫމާތު ލިބެ އެވެ.
މައްސަލައިގައި ސުވާލު ކުރުމުން ފުލުހުން ބުނީ ރޭ ހުށަހެޅި ގެވެށިއަނިޔާގެ މައްސަލައިގެ ތަހުގީގުގަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.
މެމްބަރު އީސަގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ