"އެތަށް ސަތޭކަ ރައްޔިތެއްގެ ވޯޓުން ހޮވޭ މެންބަރަކު މަޖްލިސް އިން ވަކިކޮށްލެވޭނީ ޕާޓީގެ ޑިސްޕްލިނަރީ ކޮމެޓީގެ ތިން މެންބަރުންގެ ވޯޓުން،"
ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖްލިސްގެ މެންބަރުން ޕާޓީގެ ލީޑަރުގެ މުށުތެރޭ ތާށިވެ "ރައްޔިތުންގެ މަޖްލިސް" "ޕާޓީގެ މަޖްލިސް" އަކަށް ބަދަލުވެފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތައް ވަރަށް އަވަސް އަރުވާލައިގެން ފާސްކުރި ކުރުމަށް އިޝާރާތް ކުރަައްވަ އެވެ. އިއްޔެ ގެނައި ބަދަލަކީ މަޖިލީސް މެންބަރުން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ގޮނޑި ގެއްލުމާއި، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ބުނާ ބަދަލެވެ.އުމަރު ވިދާޅުވި އެ ބަދަލާ އެކު ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށްފިނަމަ ނުވަތަ ހިޔާލު ތަފާތު ވެއްޖެނަމަ ނުވަތަ ވޯޓުދީފިނަމަ ޕާޓީއިން ވަކިކޮށްލުމުން މަޖްލިސްގެ މެންބަރުކަން ގެއްލިގެންދާނެ ކަމަށެވެ.ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް ހަނުހުރުން ނޫނީ ސަނާކިޔުން ނޫންގޮތެއް މަޖްލިސް މެންބަރަކަށް ދެން ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ."މަޖްލިސް މެންބަރުގެ އަމިއްލަ ވިސްނުމާ ފިކުރަށް ވަކާލާތުކޮށް ވޯޓުދިނުން ނިމުމަމަކަށް އައީ،"އުމަރު ވިދާޅުވީ ޕާޓީ އެއްގެ ޓިކެޓްގައި މީހަކު މަޖްލިސް އަށް އިންތިހާބު ވިޔަސް އެމެންބަރަކު ހޮވުމަށް ވޯޓުދޭ %75 މީހުންނަކީ ޕާޓީގެ މީހުން ނޫން ކަމަށާ އެހެންކަމުން މަޖްލިސް މެންބަރު ތަމްސީލު ކުރަން ޖެހެނީ މުޅި ރައްޔިތުން ކަމަށެެވެ."[ތަމްސީލު ކުރަން ޖެހޭނީ] ޕާޓީ އެއް ނޫން. އެތަށް ސަތޭކަ ރައްޔިތެއްގެ ވޯޓުން ހޮވޭ މެންބަރަކު މަޖްލިސް އިން ވަކިކޮށްލެވޭނީ ޕާޓީގެ ޑިސްޕްލިނަރީ ކޮމެޓީގެ ތިން މެންބަރުންގެ ވޯޓުން،" އުމަރު އަދި ވިދާޅުވި އެވެ؛"މި ބަދަލުގެ ސަބަބުން 'ރައްޔިތުންގެ މަޖްލިސް' މި ބަދަލުވީ 'ޕާޓީގެ މަޖްލިސް' އަކަށް،"ވޭތުވި 19 އަހަރު ދުވަސް ތެރޭ މި ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ޕާޓި ތަކުގެ ސަބަބުން ކަމަށާ މުޅި ރައްޔިތުން ނިކުމެ އިންތިހާބުކުރާ މަޖްލިސް އެއްގެ ބާރު ދެ ޕާޓީގެ ލީޑަރުން އަތަށް ލިބުމަކީ ވަރަށް ބޮޑު ގޯހެއް ކަމުގައި ވިދާޅުވި އެވެ.އަދި ވިދާޅުވީ ދެރައީ އަމިއްލަ ގައިގާ ވަޅިއެރޭއިރުވެސް މަޖްލިސް މެންބަރުންނަށް އެކަން ނޭގުން ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިއްޔެގެ ބަދަލާއެކު މެންބަރުން ލީޑަރުންގެ މުށުތެރޭގައި ތާށިވެ ޕާޓީ މަޖިލީހަށްވީ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ