ސަމާހުގެ މަރު: ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި

އޭނާގެ މަރާ ގުޅިގެން ކާރު ދުއްވަން އިން އައްޑޫސިޓީ ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ) ވަނީ ހައްޔަރުކޮށްފަ އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި މިދިޔަ މަހު ސައިކަލަކާއި ކާރކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.މި އެކްސިޑެންޓުގައި މަރުވެފައިވަނީ ކަރެކްޝަންސްގެ އޮފިސަރެއް ކަމަށްވާ، ލ. އިސްދޫ/ބީޗްހައުސް، ހަސަން ސަމާހުއެވެ. އޭނާގެ މަރާ ގުޅިގެން ކާރު ދުއްވަން އިން އައްޑޫސިޓީ ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ) ވަނީ ހައްޔަރުކޮށްފައެވެ.ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ވިސާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިމަހުގެ 19 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ސަމާހް ނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 2:48 އެހާކަންހާއިރު ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އޭނާ ދުއްވި ސައިކަލު ޖެހިގެން ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ