ލީޑާޝިޕް ޕްރޮގްރާމް ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަދަދު 469 އަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިތުރު މުވައްޒަފުންތަކެއް ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް ފުރިހަމަ ކުރުމާއެކު، އެ ޕްރޮގްރާމް ފުރިހަމަކުރި ކުންފުނީގެ މުވައްޒަފުންގެ އަދަދު ޖުމްލަ 469 އަށް އަރައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ވިދާޅުވީ، ލީޑާޝިޕް އެންހޭސްމެންޓް ޕްރޮގްރާމުގެ ނުވަވަނަ ބެޗު ޓްރެއިނިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ.
އެ ބެޗުގައި އެ ކުންފުނީގެ 51 މުވައްޒަފަކު ތަމްރީނުވެފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ. އެއާއެކު ލީޑާޝިޕް އެންހޭސްމެންޓް ޕްރޮގްރާމް ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަދަދު 469 އަށް އަރައިފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވެފަވެއެވެ.
އެމްޑީ ފަހުމީ ވަނީ އެ ޕްރޮގްރާމް ބޭއްވުމަށް އެމްއެންޑީއެފްގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރަށްވައި، ސިފައިންގެ ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
ސްޓެލްކޯގެ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިން ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރަށްވައި، އެ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ އިތުރުން ކުންފުންޏަށް ވެސް ފައިދާތަކެއް ލިބިގެންދާނެކަން އެމްޑީ ވަނީ ފާހަގަކުރަށްވާފައެވެ.
ސްޓެލްކޯއިން ދަނީ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ