ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތުކުރެވޭނެ ވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފު ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - މަހްލޫފްގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން، ދައުލަތުން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލަ ބަލައިގެންފައި ވާކަން ހައި ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރީ 2014ގައި މަޖިލީހުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމުގެ ބަދަލެއްގެ ގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބުނެ
ދައުލަތުން ބުނަނީ މަހުލޫފަށް ފައިސާ ދިނީ އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ ޗެކަކުން ކަމަށް
މަހުލޫފު ބުނަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް؛ އެކަމުގެ ރިސީޓެއް ވެސް ދައްކާ
ދައުލަތުން ބުނަނީ މަހުލޫފު ހުށަހަޅާފައި ވަނީ ސައްހަ ރިސީޓެއް ނޫން ކަމަށް
ތަފްސީލް - ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލި މައިގަނޑު ސަބަބަކީ:
މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތަސް، އެ ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއްކަން އެނގޭނެ ހެއްކެއް ނެތުން
ތުހުމަތުތަކާ ގުޅިގެން މަހުލޫފު މީގެ ކުރިން ވިދާޅުވެފައި ވަނީ އެކައުންޓަށް ޑޮލަރު ޖަމާވެފައި ވަނީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއްގައި ކަމަށާއި އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި ފައިސާއެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މަހްލޫފުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ