ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކަށް މަންފާވާނެހެން މުސާރައިގެ އޮނިގަނޑަށް ބަދަލުތައް ގެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ވިދާޅުވީ ސިއްހީ ހިދުމަތުގެ ނިޒާމަށް އަދިވެސް ވަރަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާ އެގޮތުން ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި ސިއްހީ ދާއިރާއަށް ވަންނަ މީހުން ވަޒީފާގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ހިމެނޭ ކަމަށެވެ.
މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެ އަމާޒަށް ވާޞިލުވުމަށްޓަކައި އަދިވެސް ފުރިހަމަކޮށްލަންޖެހޭ ބައެއް ކަންތައް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އަޅުގަނޑުމެން މިހާރު މިއަންނަނީ ކުރަމުން. އޭގެ ނަތީޖާ ލަސްތަކެއް ނުވެ ފެންނާނެ."
ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ފުޅާނުވާ ވަރަށް އެ މަނިކުފާނުގެ ސަރުކާރުން ފުޅާކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން މާލެއިން އެކަނި ލިބެން ހުންނަ ސިއްހީ ހިދުމަތްތައް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ހުންނަ ކަމަށާއި މިހާރު ކުރިއަށްދާ ހިދުމަތްތަކާ އެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާގެ އެންމެނަށް މަންފާވާނެހެން މުސާރައަށް ބަދަލުތައް ގެންނާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ