ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒަރީރު ބޮލުގައި މަރުތޭލަކުން ތަޅައި ހަމަލާދިން ކަމުގެ ތުހުމަތަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އިބްރާހިމް އަބްދުއްﷲ (ގައްބަރޭ) ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
މީގެ ކުރިން ވެސް ކުށުގެ ރެކޯޑު އޮންނަ ގައްބަރޭއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނި ގޮތުގައި އޭނާ ހޯދަނީ ގްރޫޕު ހަދައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށެވެ. އެއީ ކޮން މައްސަލައެއް ކަން ފުލުހުން ނުބުންޏަސް މިހާރަށް އެނގިފައިވާ ގޮތުގައި ގައްބަރޭ ހޯދަނީ ޒަރީރަށް ހަމަލާދިން މައްސަލައިގަ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ޒަރީރާ އެކު ފަސް މީހަކު ކެފޭތެރެއަށް ވަދެ މަރުތޭލަކުން އޭނާގެ ބޮލާއި ގައިގެ އަކި ތަންތަނުގައި ތަޅައި އަނިޔާކުރި އެވެ.
ފުލުހުން ތަހުގީގު ކުރާ މައްސަލައިގައި ގައްބަރޭ ހައްޔަރުކުރުމަށް އޭނާގެ އެއްވެސް މައުލޫލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް އަންގަން އެދުނެވެ.
ތަފްސީލް އަންނަނީ...
މެމްބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތަށް ގައްބަރޭ ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ