މެމްބަރު ޒަރީރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގައި މަތިވެރި ދާއިރާގެ ރައްޔިތުން ތަމްސީލުކުރަމުން އަންނަ އިއްޒަތްތެރި މެންބަރު ޙަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިޝަލަކު ވިދާޅުވީ މެންބަރު ޒަރީރަށް ހަމަލާދިން މައްސަލައާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ކޯޓު ޢަމުރެއްގެ ދަށުން ދިވެހި ދެ ފިރިހެނަކު ހައްޔަކުކޮށްފައިވާކަމަށެވެ. އެއީ 21 އަހަރުގެ މީހަކާ 22 އަހަރުގެ މީހެއް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ.
މެންބަރު ޒަރީރަށް ޙަމަލާދީފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.
މެންބަރު ޒަރީރަށް ބަޔަކު ހަމަލާދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ބޭނުންކޮށްގެންކަމަށް ވެއެވެ. ނަމަވެސް ހަމަލާދިނީ ކޮން އެއްޗަކުން ކަމެއް ފުލުހުންވެސް އަދި ކަމާ ގުޅުން ހުރި އެހެން ފަރާތަކުންވެސް އަދި ހާމަ ނުކުރެއެވެ.
މި ހަމަލާއާ ގުޅިގެން މެންބަރު ޒަރީރަށް ލިބިވަޑައިގެންނެވި އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ