އއ. މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ޙަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
އޭނަ އަށް ޙަމަލާ ދިނީ މާލޭގެ "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ތެރޭގައި އިންނަވަނިކޮށް މިދިޔަ މަހުގެ ފަހިކޮޅު އެވެ. އެ ހަމަލާއާ ގުޅިގެން ލިބުނު ޒަހަމްތަކަށް ޒަރީރަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ވެސް ދިނެވެ.
އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކުރި ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
އެކަމަކު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ބުންޏެވެ.
މެމްބަރު ޒަރީރަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ