އެމްޑީޕީ ގައްދޫ ދާއިރާގެ ނައިބު ރައީސް ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފި

އެމްޑީޕީ ގައްދޫ ދާއިރާގެ ނައިބު ރައީސް ޝުހާދު އަބްދުލް ވައްހާބު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓަށް ސޮއިކޮށްފިއެވެ.
ރައީސް ނަޝީދަށް ސަޕޯޓް ކުރާ މަޖިލީހުގެ މެމްބަރުން އުފެއްދުމަށް މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިއްޔެ އިލެކްޝަން ކޮމިޝަނުން ދީފައިވާއިރު، އެޕާޓީން މިހާރު ދަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއިހަމަކުރަމުންނެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް އެ ޕާޓީން ވަރަށް ބާރަށް ކުރަމުން އަންނައިރު ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން އެޕާޓީއަށް ވަނުމަށް އަންނަނީ ސޮއި ކުރަމުންނެވެ.
ދަ ޑިމޮކްރެޓްސްގެ މަޤްޞަދަކީ ވީހާވެސް ރަނގަޅަކަށް ރައްޔިތުންގެ ބައިވެރިވުމާއި ގިނަބައެއްގެ ބަހާއި އެކު ޕާޓީގެ ސިޔާސަތުތަ ދެމެހެއްޓުން ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ބުނެފައެވެ. 
އެމްޑީޕީ ގައްދޫ ދާއިރާގެ ނައިބު ރައީސް ޝުހާދު އަބްދުލް ވައްހާބު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓަށް ސޮއިކޮށްފައިވާއިރު، އެދާއިރާގެ ރައީސް އަކީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢީދު މުޙައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ