6 ވޯލްޑް ކަޕްގައި ލަނޑުޖެހި މި ނޫން ކުޅުންތެރިއެއް ނެތް!

ފިފާ ވޯލްޑް ކަޕްގައި މިރޭ އުޒްބަކިސްތާނު ކޮޅަށް ލަނޑު ޖަހައި، ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެ އެވެ.ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް ގައުމީ ޓީމަށް ކުޅެދިން 230 މެޗުން 145 ގޯލު ޖަހައިފަ އެވެ.ރޮނާލްޑޯ މިހާތަނަށް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް:2006: 1 ގޯލު2010: 1 ގޯލު2014: 1 ގޯލު2018: 4 ގޯލު2022: 1 ގޯލު2026: 2 ގޯލުރޮނާލްޑޯގެ މި ކާމިޔާބީ ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.ރޮނާލްޑޯ ފިޔަވައި ޖެހިޖެހިގެން ހަ ވޯލްޑް ކަޕް ކުޅުނު ހަމައެކަނި ކުޅުންތެރިޔަކީ ލިއޮނެލް މެސީ އެވެ. ނަމަވެސް އޭނާ 2010ގެ ވޯލްޑް ކަޕް ނިންމައިލީ ގޯލެއް ނުޖެހި، ހުސް އަތާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ