މާލޭގެ މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ސަރަހައްދު ޒަމާނީކޮށް ތަރައްގީ ކުރުމަށްޓަކައި މި ސަރުކާރުން ހަދަން ނިންމާފައިވާ ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކު ކުރާނީ އެކަމާ ގުޅޭ ގޮތުން ކުރިން ހަދާފައި އޮތް އެގްރިމަންޓާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން ޤާނޫނާއި ޤަވައިދުގެ ތެރެއިން ސަރުކާރުން ކުރުމުން ކަމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެގޮތަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޢާންމު ޖަލްސާގަ އެވެ.
ވެޓް މާރުކެޓް ހުރި ބިން، ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން މި ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު މަޝްވަރާގައި، ކައުންސިލުން ބުނެފައިވަ ނީ، މި މައްސަލައިގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައުސިން މިނިސްޓްރީން ވެސް އެ ބިން ހަވާލުކުރުމަށް އެދި ކައުންސިލަށް ސިޓީ ފޮނުވައިފައި ކަމަށެވެ.
ނަމަވެސް އެ ތަނަކީ، ނިމިދިޔަ ދައުރުގައި އެ ތަން ތަރައްޤީ ކުރުމަށް ދެ ކުންފުންޏަކަށް އެގްރީމެންޓްކޮށްފައިވާ ތަނަކަށްވާތީ އެ ކޮންޓްރެކްޓް ބާޠިލް ކުރުމަށް ފަހު މެނުވީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރު ޢާދަމް ޢާޒިމް ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ހުރިހައި މަޢުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ޙިއްސާކޮށްފައި ވާނެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
"އެހެން ފަރާތަކާ ހަވާލުކޮށްފައި އޮންނަ ބިމެއް، އެ ކޮންޓްރެކްޓް ބާޠިލް ނުކޮށް ދެވަނަ ފަރާތަކަށް ނުދެވޭނެ. އެހެން އޮތް ކަމެއް އެ ބޭފުޅުންނަށް އެނގި ތިއްބަވައިގެން، ސިޓީ ކައުންސިލާ މަޝްވަރާ ވެސް ނުކޮށް އެ ބޭފުޅުން އަތުގައި ނެތް ބިމެއް އިތުރު އެހެން ބަޔަކަށް އެގްރީމެންޓްކޮށް، ސަރުކާރު ފަރާތުން ހައުސިންގ މިނިސްޓަރު ސޮއި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑަށް ޤާނޫނާ ޚިލާފު ޢަމަލެއް،" އާޒިމު ވިދާޅުވި އެވެ. މިކަމުން ސަރުކާރު އިތުރަށް ބަދުނާމުވަމުން އެ ދަނީ. މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިގެން ދަނީ."
ކައުންސިލުން ބުނީ މާލެ މާސްމާރުކޭޓަކީ، ވަރަށް ބޮޑަށް ވިރާނާވެފައިވާ ތަނަކަށްވާތީ އެތަން ރަނގަޅު ފެންވަރުގައި، ވީހާ ވެސް އަވަހަށް ތަރައްޤީކޮށް ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގުފަހިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ވެޓް މާރުކޭޓާ ގުޅޭ ކޮންޓްރެކްޓް ކޮޅެއްގައި ޖައްސަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ