އާންމު ދަތުރުފަތުރަށް އުދަނގޫވާހެން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކުކޮށްފައިވާ 72 ސައިކަލު ފުލުހުން ޓޯކޮށްފި އެވެ.
ބަސް ދަތުރުކުރާ މަގުތަކާއި ހާއްސަކޮށް މަޖީދީމަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ވަނީ އިއްޔެ ފަށާފަ އެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އިއްޔެ ޓޯކޮށްފައިވާ އުޅަނދުތައް ނަގަމުންދާނީ މަޖީދީ މަގާއި އަމީނީ މަގު ހިމެނޭހެން ބަސް ދަތުރުކުރާ ރޫޓުތަކުގައި ގަވާއިދާ ހިލާފަށް މަގުގައި ދަތުރުކުރުމަށް ދަތިވާނެހެން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ކަމަށެވެ.
މާލޭގައި އާންމު ދަތުރުފަތުރަށް އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މާލޭގެ ބޮޑެތި މަގުތަކުގައި ހުރި ޕާކިންތައް ނަގައި ހުސްކޮށް ބަހަށް ދަތުރުކުރެވޭނެހެން ހެދީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. މާފަންނު އަދި ހެންވޭރުގައި ޕާކިންގް ގާއިމްކުރުމާއެކު މަޖީދީ މަގާއި އަމީނީ މަގަކީ ޕާކުނުކުރެވޭނެހެން ކަނޑައަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ނަމާދު ގަޑި ނޫން ގަޑިތަކުގައި ޕާކްކޮށްފައި ހުރުމުގެ ސަބަބުން ދަތުރުފަތުރުކުރާ އުޅަނދުތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް ނަމާދު ގަޑިތަކުގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯ ނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ގަވައިދާ ހިލާފަށް ޕާކުކުރި 72 ސައިކަލު ޓޯކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ