ބޮޑު ކާމިޔާބީއެއް ހޯދި ވެބް ސީރީސް 'މިރުޒާޕޫރް'ގެ ފިލްމު ވާޝަން ސެޕްޓެމްބަރު މަހު ސިނަމާތަކަށް

އިންޑިއާގެ މަގުބޫލު ފިލްމު ޕްރޮޑިއުސަރު، އެކްޓަރު ފަރުހާން އަހްތަރުގެ އެކްސެލް އެންޓަޓެއިންމަންޓްއިން އެމެޒޯން ޕްރައިމް ވީޑީއޯއަށް އުފެއްދި ކާމިޔާބު ވެބް ސީރީސް "މީރުޒާޕޫރް"ގެ ފިލްމު ވާޝަން "މީރްޒާޕޫރް: ދަ މޫވީ" މި އަހަރުގެ ސެޕްޓެމްބަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ. ތިން ސީޒަނަކަށް ގެނެސްދިން އިންޑިއާގެ މަގުބޫލު އެކްޝަން ކްރައިމް ތުރިލާ ވެބް ސީރީސްގެ ރަސްމީ ޓީޒާ ބެލުންތެރިންނަށް ދައްކައިލިއިރު ފިލްމުގެ މައިގަނޑު ރޯލްތައް ކުޅޭ ޕަންކަޖް ތުރިޕާތީ، އަލީ ފަޒަލް އަދި ދިވްޔޭންދޫ އެނބުރި އަންނަނީ ވަރުގަދަ ކުރިމަތިލުންތަކަކާ އެކުކަން ދައްކުވައިދީފައިވެއެވެ. ގުރުމީތު ސިންގް ޑައިރެކްޓްކޮށް، ޕުނީތު ކްރިޝްނާ ލިޔެފައިވާ "މީރްޒާޕޫރު: ދަ މޫވީ"ގެ ދެ މިނެޓާއި ބައިގެ މި ޓީޒާއިން ދައްކުވައިދީފައި ވަނީ ފިލްމުގެ ވަރުގަދަ މަންޒަރުތަކާއި، ކުރީގެ މަޝްހޫރު ކެރެކްޓަރުންގެ އެނބުރި އައުމުގެ އިތުރުން، މި ސީރީޒަށް ހާއްސަވެފައިވާ ނުރައްކާތެރި ކުރިމަތިލުންތަކެވެ. މީގެ އިތުރުން މުޅިން އަލަށް ފެންނަ ބައެއް މޫނުތައް ވެސް މި ޓީޒާގައި ހިމަނާފައިވެއެވެ. ވެބް ސީރީސް "މީރުޒާޕޫރް"ގެ މުހިއްމު ތަރިން ކަމަށްވާ އަލީ ފަޒަލް، ޕަންކަޖް ތުރިޕާޓީ އަދި ޝްވެތާ ތުރިޕާޓީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ ފިލްމު "މީރްޒާޕޫރު: ދަ މޫވީ"ގެ ކާސްޓާ އަލަށް ގުޅޭ ތަރިންގެތެރޭ މިފަހަކަށް އައިސް ފިލްމުތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެކްޓަރު ރަވީ ކިޝަން ހިމެނެއެވެ. ފިލްމުގެ ޓީޒާއިން ދައްކުވައިދޭ ގޮތުގައި ރަވީ މި ފިލްމުގައި ކުޅޭނީ ވަރަށް ރަހުމް ކުޑަ ނުރައްކާތެރި ވިލެންއެއްގެ ރޯލެވެ. އެމެޒޯން ޕްރައިމްއިން "މިރުޒާޕޫރް"ގެ ފުރަތަމަ ސީޒަން ރިލީޒްކުރީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން 2020 އަދި 2024ގައި މި ސީރީޒްގެ އިތުރު ސީޒަންތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވެއެވެ. މި ވެބް ސީރީޒްގެ ފިލްމު ވާޝަން "މީރްޒާޕޫރު: ދަ މޫވީ" ސިނަމާތަކަށް ގެންނާނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ