އީރާނާ އެކު އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވުމާ ގުޅިގެން ތެލުގެ އަގު ދަށަށް ހިނގައްޖެ އެވެ.
ނަމަވެސް މެދުއިރުމަތީގެ ސަޕްލައިއަށް ބުރޫ އަރާފައިވަނީ، ސުލްހައިގެ މަޝްވަރާތަކުގެ ނަތީޖާއާ މެދު އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާތީ އެވެ.
ބްރެންޓް ކްރޫޑް އޮއިލް ފިއުޗާސް އިން ވަނީ ތެޔޮ ފީފާއަކުން 88 ސެންޓް ނުވަތަ %0.8 ދަށަށްކޮށް، ފީފާއެއްގެ އަގު 110.40 ޑޮލަރަށް ދަށްކޮށްފަ އެވެ. އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ފިއުޗާސް އިން ވަނީ ފީފާއަކުން 67 ސެންޓް ނުވަތަ %0.6 ދަށްކޮށް، ފީފާއެއްގެ އަގު 103.48 ޑޮލަރަށް ދަށްކޮށްފަ އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ކުރާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވުމާ ގުޅިގެން އެ ދެ ބެންޗްމާކްގެ އަގު އިއްޔެ ވަނީ ފީފާއަކުން 1 ޑޮލަރަށް ވެއްޓިފަ އެވެ.
އަސްކަރީ ފިޔަވަޅުތައް އަލުން ފަށަން ދެ ފަރާތުން ވެސް ބޭނުމެއް ނުވެ އެވެ.
އީރާނަށް އެމެރިކާ އިން އަލުން ހަމަލާ ދިނުމުގެ ފުރުސަތު އޮތުމާއި ސުލްހައިގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ތެލުގެ ސަޕްލައި ހަނގުރާމައިގެ ކުރިން އޮތް މިންވަރަށް ރުޖޫއަވާނެ ކަމަކަށް ނުބެލެވެ އެވެ.
އީރާނު ހަނގުރާމަ އަވަހަށް ނިންމާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން ތެލުގެ އަގު ދަށަށް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ