މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް ބަޔަކު ކަނޑުވެގެން އެމީހުން ސަލާމަތްކުރަން މެރިން ޕޮލިހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ފަޅައިގެން ދިޔައީ މާތިލަފުށިން މާލެއަށް ދަތުރުކުރަމުން އައި ލޯންޗެއް ކަމަށެވެ.
އެކަމަކު މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުދެ އެވެ. އެހެންވެ ކަނޑުވެގެން އުޅެނީ ކިތައް މީހުންކަން ސާފެއްނުވެ އެވެ.
ތަފްސީލް - ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އެ ލޯންޗުގެ އެއްބައި އަޑިއަށް ދާއިރު ދަަތުރުވެރިން ލައިފް ޖެކެޓުގައި ތިއްބަ އެވެ. އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނެ އެވެ.
މާލެއަށް ދަތުރުކުރި ލޯންޗެއް ފެޅިގެން ބަޔަކު ކަނޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ